ރާއްޖެ ނުދެވުނީތީ މިހުރީ ވަރަށް ދެރަވެފައި: ރިއާ ރިޗީ

ރާއްޖެ ނުދެވުނީތީ ވަރަށް ދެރަވާކަމުގައި އިންޑޮނޭޝިޔާގެ ސެލެބްރިޓީ އެކްޓްރެސް ރިއާ ރިޗީ ބުނެފިއެވެ. އިންޑޮނޭޝިޔާ ތަރިންގެ ތެރެއިން ޔޫޓިއުބްގައި ފޮލޯވަރުން ދެވަނައަށް އެންމެ ގިނަ އަދި މިހާތަނަށް ގިނަ ފި...

02 Feb 2025 | 15:52

ރާއްޖެ ނުދެވުނީތީ ވަރަށް ދެރަވާކަމުގައި އިންޑޮނޭޝިޔާގެ ސެލެބްރިޓީ އެކްޓްރެސް ރިއާ ރިޗީ ބުނެފިއެވެ.

އިންޑޮނޭޝިޔާ ތަރިންގެ ތެރެއިން ޔޫޓިއުބްގައި ފޮލޯވަރުން ދެވަނައަށް އެންމެ ގިނަ އަދި މިހާތަނަށް ގިނަ ފިލްމުތަކެއްވެސް ކުޅެފައިވާ ރިއާ އެހެން ބުނެފައިވަނީ އިންޑޮނޭޝިޔާގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައެވެ.

ރިއާ ބުނެފައިވަނީ 2024 ވަނަ އަހަރު އިވެންޓަކަށް ރާއްޖެ އަންނަން އޭނާއަށް ފުރުޞަތު ލިބުނު ކަމަށާއި ނަމަވެސް ފުރަން ގާތްވެފައިވަނިކޮށް ކައިވެނި ނިކުމަކާހަމައަށްގޮސް ވަރީގެ ކަންތަކުގައި އުޅެންޖެހުމުން އެވަގުތު ދެވެން ނެތްކަމަށް އިވެންޓު އޮގަނައިޒް ކުރާ ފަރާތަށް އަންގަން ޖެހުނު ކަމަށެވެ. ނަމަވެސް ވަރީގެ ކަންކަން ނިމި އަލުން އެޖެންޓަށް ގުޅިއިރު އެ ފުރުޞަތު އޮތީ ގެއްލިފައިކަމަށާއި އަދިވެސް އެފަދަ ފުރުޞަތަކަށް އެދި އެދި ހުރި ކަމަށް ރިއާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް