ޕާޓީ އުވާލަން ނިންމި ނިންމުން ބަލައެއް ނުގަންނަމު: އެމްއާރްއެމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަލައިނުގަންކަމުގައި އެމްއާރްއެމްއިން ބުނެފިއެވެ. އެމްއާރްއެމްގެ ރައީސް، ފާރިސް މައުމޫން ސޮއި ކުރައްވާ އީސީއަށް ފޮނުވ...

02 Feb 2025 | 12:05

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަލައިނުގަންކަމުގައި އެމްއާރްއެމްއިން ބުނެފިއެވެ.

އެމްއާރްއެމްގެ ރައީސް، ފާރިސް މައުމޫން ސޮއި ކުރައްވާ އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން އެ ޕާޓީއާމެދު ތަކުރާރުކޮށް ޢަމަލު ކޮށްފައިވަނީ ޤާނޫނާއި އަދި ކޯޓުގެ އަމުރާއިވެސް ޚިލާފަށް ކަމަށެވެ. އަދި ހަމަ އެހެންމެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، އިލެކްޝާންސް ކޮމިޝަންގެ ބައެއް މެންބަރުން ވަކިކުރުމަށް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި، "ގަސްތުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގުފޯމު ހެއްދުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެޕާޓިއަށް 3000 މެންބަރުން ހަމަވިޔަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުޙައްމަދު އާޞިފް އަދި ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިރު މަސައްކަތްކޮށްފައިވާ ކަމަށް" އެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެމްއާރްއެމްއިން ފާހަގަކޮށްފައިވެއެވެ.

އަދި އެކަމާ ގުޅިގެން ކޮމިޝަން ގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފިޔަވަޅު އަޅުއްވާ، ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށްފައިކަންވެސް އެމްއާރްއެމްއިން ފާހަގަކޮށްފައިވެއެވެ.

" ތިޔަ ކޮމިޝަންގެ ސިޓީ ނަންބަރު 38-CB./MRM/2025/1 އަށް ހަވާލާދީ ދަންނަވަމެވެ. ހަވާލާ ދެވުނު ސިޓީ ގައި މި ޕާޓީ އުވާލި ކަމަށް ނިންމާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް މި ޕާޓީން ދެކެމެވެ. އަދި މި ނިންމުން މިޕާޓީން ބަލައި ނުގަންނަމަކަށް ދަންނަވަމެވެ." އެމްއާރްއެމްއިން އިލެކްޝަންސް އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކުރީގައި އެ ޕާޓީއާއި މެދު ޢަމަލު ކުރަށްވާފައިވާ ގޮތް އަލުން ތަހުޤީޤު ކުރައްވައި، ޤާނޫނާއި އެއްގޮތް ވާގޮގޮތުގެ މަތިން އެ ޕާޓީއާމެދު އަމަލު ކުރެއްވުމަށް ކޮމިޝަންގެ ރައީސްގެ އަރިހުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް