ފައިސަލްގެ ދެމަފިރިންނަށް ދަރިއަކު ލިބިފައިވާތީ އަދި ދިރިއުޅުމުގެ ޚަރަދުތައްވެސް ބޮޑުވާނެތީ ރަށަށް ބަދަލުވަނީ

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ކުރީގެ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން، އިބްރާހިމް ފައިސަލް ރަށަށް ބަދަލުވާން ނިންމާފައިވާކަން ހާމަކުރައްވައިފިއެވެ. ދެން އޮނ...

02 Feb 2025 | 11:52

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ކުރީގެ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން، އިބްރާހިމް ފައިސަލް ރަށަށް ބަދަލުވާން ނިންމާފައިވާކަން ހާމަކުރައްވައިފިއެވެ.

ދެން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވެފައިވަނީ މިވަގުތު ވިސްނުން ހުރީ އުފަން ރަށް (ލ. ފޮނަދުއަށް) ދިއިރުޅުން ބަދަލުކުރަން ކަމަށެވެ.

"މިހާރު 5 މަހުގެ ބޭބީއެއްވެސް އެބަ އޮތް، ދިރިއުޅުމުގައި ކުރަންޖެހޭ މަސައްކަތް އަދި މާލޭގައި ދިރިއުޅުމުގެ ޚަރަދުވެސް ބޮޑުވާނެތާ" ދެން ނޫހަށް ފައިސަލް ވިދާޅުވެފައިވެއެވެ.

ފައިސަލް ހާމަކުރައްވާފައިވާގޮތުގައި އެންމެ ފަހުން އޭނާ ހުންނެވީ ޕީޕީއެމްގެ ސެނެޓުގެ މެންބަރެއްގެ ގޮތުގައެވެ. އަދި މިހާރު އެ ޕާޓީ އުވާލުމުން މިވަގުތު އެއްވެސް ޕާޓީގެ ރަޖިސްޓްރީގައި ހިމެނިފައެއް ނުވާނެކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.

ފައިސަލް ވިދާޅުވެފައިވަނީ ވަޒީފާއިން ވަކި ކުރި ނަމަވެސް އަދި ރަށަށް ދިރިއުޅުން ބަދަލުކުރަން ނިންމި ނަމަވެސް އޭނާގެ ބައްޕަ ހުންނެވީ ސަރުކާރާ އެކުގައި ކަމަށާއި މި ސަރުކާރަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން ގެނައި ސަރުކާރެއް ކަމުގައިވާއިރު ސަރުކާރަށް ގެއްލުންވާނެ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ކަންކަން ދިމާވާނީ ސިޔާސީ މީހުންނަށް ކަމަށާއި އެކަމުގައި އޮންނާނީ ކެތް ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް