ޕާކިސްތާނުގެ ޚައިބަރް ޕަޚްތޫންހުއާ ޕްރޮވިންސުގައި އެ ޕްރޮވިންސުގެ ފަސް ހާހަށްވުރެ ގިނަ އާޢިލާއަށް 10 ހާސް ރުޕީސްގެ މަގުން ފައިސާ ދިނުމަށް އެ ޕްރޮވިންސްގެ ސަރުކާރުން ނިންމައިފިއެވެ.
އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެ ފައިސާ ބަހަން ނިންމާފައިވަނީ ރަމަޟާން އެހީ ޕެޖޭޖުގެ ގޮތުގައެވެ.
އާޢިލާތަކަށް ފައިސާގެ އެހީ ދިނުމުގެ އިތުރުން އެ ޕްރޮވިންސުގައި ވިޔަފާރީގެ ޚިދުމަތް ދޭ ފަރާތްތަކުން ރޯދަ މަހު ތަކެތީގެ އަގު މަތިކުރިޔަ ނުދިނުމަށް އެ ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ ބެލުމުގެ ދަށުން ޙާއްޞަ ޓީމެއް އެކުލަވައިލާފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މިކަންކަން އިޢުލާނުކޮށްފައިވަނީ އެ ޕްރޮވިންސްގެ ކެބިނެޓު ބައްދަލުވުމުގައި ޗީފް މިނިސްޓަރު އަލީ އަމީން ގަންދާޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް