ޣައްޒާ ހުސްކުރަން ޓްރަމްޕު ގެންގުޅޭ ވިސްނުމަށް އަރަބި ފަސް ޤައުމަކުން މުތުލަގަށް ނޫނެކޭ ބުނެފި

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ނެރެ އެ ރައްޔިތުން މިސްރާއީ އުރުދުންގައި ގަދަކަމުން ވަޒަންވެރި ކުރުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅޭ ވިސްނުމަށް އަރަބި ފަސް ޤައުމަކުން ދިމާ ސީދަލަށް ނޫ...

02 Feb 2025 | 01:29

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ނެރެ އެ ރައްޔިތުން މިސްރާއީ އުރުދުންގައި ގަދަކަމުން ވަޒަންވެރި ކުރުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅޭ ވިސްނުމަށް އަރަބި ފަސް ޤައުމަކުން ދިމާ ސީދަލަށް ނޫނެކޭ ބުނެފިއެވެ.

މިސްރު، އުރުދުން، ސައޫދީ އަރަބިއްޔާ، ޤަތަރު އަދި އެކުވެރި އަރަބި ޢިމާރާތުން އެކަމަށް މުތުލަގަށް ނޫނެކޭ ބުނެފައިވަނީ ފަސް ޤައުމުގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ފަސް ޤައުމުން ގުޅިގެން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ ފަލަޞްޠީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހައްޤަށް އަރައިގަތުމަށް ޓްރަމްޕް ގެންގުޅޭ ވިސްނުމަށް ދެކޮޅު ހަދާ ކަމަށެވެ.

ފަސް ޤައުމުން ގުޅިގެން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ޣައްޒާއަކީ ވީރާނާވެފައިވާ ތަނެއް ކަމަށް ސިފަކޮށް ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުން އަށް ބަދަލުކުރުމުގެ ވާހަކަ ތަކުރާރުކޮށް ޓްރަމްޕް ދައްކަމުން ގެންދާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް