ސައިފްގެ ދަރި އިބްރާހިމްގެ ފުރަތަމަ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފި

ބޮލީވުޑް ތަރި، ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރި، އިބްރާހިމް އަލީ ޚާންގެ ފުރަތަމަ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ. "ނާދާނިޔާ" ނަމަކަށް ކިޔާ އެ ފިލްމުގެ ޕޯސްޓަރެއް އާންމުކޮށްފައިވަނީ އެ...

02 Feb 2025 | 01:09

ބޮލީވުޑް ތަރި، ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރި، އިބްރާހިމް އަލީ ޚާންގެ ފުރަތަމަ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

"ނާދާނިޔާ" ނަމަކަށް ކިޔާ އެ ފިލްމުގެ ޕޯސްޓަރެއް އާންމުކޮށްފައިވަނީ އެ ފިލްމު އުފައްދާ ނެޓްފްލިކްސް އިންނެވެ.

ނެޓްފްލިކްސް އިން އާންމުކޮށްފައިވާ ޕޯސްޓަރުން ފެންނަ ގޮތުގައި ފިލްމު ނާދާނިޔާގައި އިބްރާހިމް އާއެކު ދެން ފެނިގެންދާނީ ބޮނީ ކަޕޫރުގެ ދަރި ޚުޝީ ކަޕޫރެވެ.

އެ ފިލްމަކީ ދަރްމެޓިކް އެންޓަޓެއިންމަންޓް ޕްރޮޑަކްޝަންގެ ފިލްމެއް ކަމަށާއި ފިލްމު ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރާއި، އަޕޫރްވާ މެހެތާގެ އިތުރުން، ސޮމަން މިޝްރާ ކަމަށް އެ ޕޯސްޓަރުގައި ބުނެފައިވެއެވެ. އަދި އެ ފިލްމު ޑައިރެކްޓް ކުރަނީ ޝައުނާ ގޯތަމް ކަމަށްވެސް ބުނެފައިވެއެވެ.

އެ ފިލްމަކީ އިބްރާހިމްގެ ފުރަތަމަ ފިލްމު ނަމަވެސް މި ފިލްމު ވެގެންދާނީ ޚުޝީ ކަޕޫރުގެ ތިންވަނަ ފިލްމަށެވެ. ބޮލީވުޑްގެ ކަޕޫރު އާއިލާއަށް ނިސްބަތްވާ ޚުޝީ ކަޕޫރު 2023 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުތީ ފިލްމު އާޗީސް އިންނެވެ. ދެވަނަ ފިލްމު ކަމުގައިވާ ލަވްޔާޕާ މި ހިނގާ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާނެއެވެ.

ލަވްޔާޕާގައި ޚުޝީއާއެކު ފެނިގެންދަނީ އާމިރް ޚާންގެ ދަރި ޖުނައިދު ޚާންއެވެ. އެއީ ޖުނައިދުގެ ފުރަތަމަ ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް