ބްރިޖް ހައިވޭގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެ ހައިވޭގެ ހަވާސާގައި ހަރުކޮށްފައިހުރި ސޯލާ ޕެލަންތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މެންދުރު 12:31 ހާއިރު ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކާރާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް