އިލެކްޝަންސް ކޮމިޝަނުން މިއަދު ހަވީރު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ހަވީރު މާލޭގައި ކުޑަކުދިންގެ ހަވީރަކާއެކު ރޯޑް އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަވީރު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 04:00 އިން 06:00 އަށް އާޓ...

02 Feb 2024 | 08:51

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ހަވީރު މާލޭގައި ކުޑަކުދިންގެ ހަވީރަކާއެކު ރޯޑް އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަވީރު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 04:00 އިން 06:00 އަށް އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އަދި ހަމަ މިފަދަ ހަވީރެއް މާދަމާ ހަވީރު ހޫޅުމާލޭ ފޭޒް ދޭއްގެ ހިޔާ ޓަވަރު ހަތަކާއި ޓަވަރު 11 އާއި ދެމެދުގައި އޮންނަ ހިޔާ ޕާކު ގްރައުންޑް ސަރަހައްދުގައި ހަވީރު 04:00 އިން 06:00 އަށް ބޭއްވުމަށްވެސް އެ ކޮމިޝަނުން ނިންމާފައިވެއެވެ.

އިލެކްޝަންސް އިން ބުނެފައިވާގޮތުގައި މި ހަރަކާތްތަކަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ރައްޔިތުންނަށް ދިނުމުގެ ގޮތުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތްތަކެކެވެ.

މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 ފެބުރުވަރީ 7 ވާ ބުދަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް