ދިރާގުން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ S24 ގެ މޮޑެލްތައް ރާއްޖެގައި ލޯންޗުކޮށްފި

ދިރާގުން ސެމްސަންގް ގެލެކްސީ S24 ، S24 ޕްލަސް އަދި S24 އަލްޓްރާ ދިވެހިރާއްޖޭގައި ލޯންޗުކޮށްފިއެވެ. ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ޚާއްސަ ލޯންޗު އިވެންޓްގައި ސެމްސަންގްގެ މި ފޯނުތައް ޕްރީ-އޯޑަރ ކުރި ...

01 Feb 2024 | 23:49

ދިރާގުން ސެމްސަންގް ގެލެކްސީ S24 ، S24 ޕްލަސް އަދި S24 އަލްޓްރާ ދިވެހިރާއްޖޭގައި ލޯންޗުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ޚާއްސަ ލޯންޗު އިވެންޓްގައި ސެމްސަންގްގެ މި ފޯނުތައް ޕްރީ-އޯޑަރ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނު ހަވާލުކޮށްފައެވެ. ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައިވަނީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިންގ ޑިރެކްޓަރ، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަންއެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިންގ ޑިރެކްޓަރ، ސެންގްވާ ސޯންގް ވަނީ 2015ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ދިރާގާ ދެމެދު ގާއިމްކުރެވިފައިވާ ޕަރޓްނާޝިޕަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ސެމްސަންގްގެ ކަސްޓަމަރުން ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަ ކުރައްވައި، އެންމެ ފަހުގެ ސެމްސަންގް ސްމާޓްފޯންތައް ރާއްޖެއަށް ގެނައުމަކީ ސެމްސަންގްއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިގޮތުގައި ސެމްސަންގާއެކު ގާއިމުކުރެވިފައިވާ މި ދެމެހެއްޓެނިވި ޕަރޓްނަރޝިޕްއަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ސްމާޓް ޓެކްނޮލޮޖީ ފޯރުކޮށްދީ، ޑިޖިޓަލް މުސަތަގުބަލުގައި އެފަރާތްތަކަށް ކުރިއަށް އެރުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މި އައު ގެލެކްސީ S24 ސީރީޒްއާ އެކު ސެމްސަންގުން ވަނީ 'ގެލެކްސީ އޭ.އައި' ތައާރަފުކޮށްފައެވެ. އެގޮތުން މިއާ އެކު ކަސްޓަމަރުންނަށް ތަފާތު ޒަމާނީ ޑިޒައިންއެއްގެ ފޯނެއްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެއެވެ.

މިދިޔަ ޖަނަވަރީ މަހު ތެރޭގައި ދިރާގުން ވަނީ ޚާއްސަ އޮފާރއަކާ އެކު ސެމްސަންގް ގެލެކްސީ ފޯނުތަކުގެ ޕްރީ-އޯޑަރަށް ހުޅުވާލާފައެވެ. އެގޮތުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ކަސްޓަމަރުންނަށް 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ގެލެކްސީ S24 ޕްލަސް އަދި S24 އަލްޓްރާއާ އެކު ހިލޭ ގެލެކްސީ ވޮޗް 6 ކްލަސިކްއެއް އަދި S24 އާ އެކު ހިލޭ ގެލެކްސީ ވޮޗްއެއް ލިބޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް