ރޮނާލްޑޯއަށް ލަނޑު ނުޖެހޭތީ އަލް ނަޞްރު ސަޕޯޓަރުން ރުޅިގަވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ނުޖެހޭތީ އޭނާގެ މިހާރުގެ ކުލަބު ސައުދީ އަރަބިއްޔާގެ އަލް ނަޞްރުގެ ސަޕޯޓަރުން ރުޅިގަދަވެ އަޑުއުފުލަން ފަށާފައިވާ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ދުނިޔޭގެ އެނ...

02 Feb 2023 | 16:30

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ނުޖެހޭތީ އޭނާގެ މިހާރުގެ ކުލަބު ސައުދީ އަރަބިއްޔާގެ އަލް ނަޞްރުގެ ސަޕޯޓަރުން ރުޅިގަދަވެ އަޑުއުފުލަން ފަށާފައިވާ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އަލް ނަޞްރަށް ދާދިފަހުން ބަދަލުވި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ބަދަލުވިފަހުން މިހާތަނަށް ކުޅުނު ލީގުގައި ކުޅުނު ދެމެޗުގައި ވެސް މާ އެދޭ ކުޅުމެއް ނުދެއްކުނު އިރު، ލަނޑެއް ވެސް ޖެހޭގޮތް ވަނީ ނުވެފައެވެ.

ސައުދީ ފުޓްބޯޅައަށް ބޮޑު އިނގިލާބެއް ގެންނާނެ ކަމަށް ބެލެވުނު ރޮނާލްޑޯއަށް މިހާތަނަށް ސައުދީ ސަޕޯޓަރުން ހިތްހަމަ ޖެހޭފަދަ ކުޅުމެއް ދަނޑުމަތީގައި ދެއްކިފައިނުވާއިރު، އަލް ނަޞްރުގެ ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްވެ ރުޅިގަވެފައިވާ ކަމަށް ސައުދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރޮނާލްޑޯ ސައުދީ ޕްރޮ ލީގަށް އައުމުން އަލް ނަޞްރުގެ ސަޕޯޓަރުންނަށް ކުރެވުނު ފޮނި އުމްނީދުތަކުގައި އަދި މިހާތަނަށް ކުލަޖެހިފައި ނުވާކަމަށާއި އެއީ ސަޕޯޓަރުން އުންމީދުކުރި ރޮނާލްޑޯއެއް ނޫންކަމަށް ބުނެ ސަޕޯޓަރުން އަޑު އުފުލާފައިވާ ކަމަށް ސައުދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އަލް ނަޞްރުގެ ސަޕޯޓަރުން އެންމެ ބޮޑަށް ރުޅިގަދަވެ، ރޮނާލްޑޯއަށް ފާޑުކިޔާފައިވަނީ އެންމެ ފަހުން ސައުދީ ސުޕަކަޕް ސެމީފައިނަލް މެޗުން އަލް އިއްތިހާދު އަތުން ތަފާތު ބޮޑުކޮށް ބަލިވެ ކެޓި މެޗަށް ފަހުގައެވެ. ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވެ މިހާތަނަށް ކުޅުނު މެޗުތަކަށް ބޮޑު އަގުދީފައި މެޗުބަލަން ޓިކެޓް ގަނެގެން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަތްނަމަވެސް އެ ސަޕޯޓަރުން އުންމީދު ކުރިފަދަ މޮޅު ކުޅުމެއް ރޮނާލްޑޯގެ ފަރާތުން އަދި ނުފެނެއެވެ.

އަހަރެމެން ރޮނާލްޑޯއާއި މެދު ކުރަނީ ވަރަށް ފޮނި އުންމީދުތަކެއް. މޮޅު ކުޅުމެއް ދައްކާ ގިނަ ލަނޑުތަކެއް ރޮނާލްޑޯގެ ފަރާތުން ފެންނާނެ ކަމަށް ބެލެވުނު. ނަމަވެސް މޮޅު ރޮނާލްޑޯ ހިމެނިގެން ކުޅުނު އަލް ނަޞްރު ސުޕަކަޕުންވެސް ކެޓީ.' މިއީ އަހަރެމެން އުންމީދު ކުރި ގޮތެއް ނޫން." ސަޕޯޓަރަކާއި ހަވާލާދީ ސައުދީ ރިޕޯޓުގައިވެއެވެ.

ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވީ ނިމިގެން ދިޔަ އަހަރުގެ ދިސެމްބަރުމަހުގައި 200 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި މިހާ އަގުބޮޑުކޮށް ކުޅުންތެރިއެއްގެ ޓްރާންފާއެއް ހެދި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް