ރޮނާލްޑޯ ދިޔަފަހުން ޔުނައިޓެޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ - ރޯއީ ކީން

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔަ ފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އަދި ނޮޓިންހަމް ފޮރެސްޓްގެ އެސިސްޓެ...

02 Feb 2023 | 15:53

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔަ ފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އަދި ނޮޓިންހަމް ފޮރެސްޓްގެ އެސިސްޓެންޓް ކޯޗު ރޯއީ ކީން ބުނެފިއެވެ.

އިނގިރެސި ލީގު ކަޕްގެ ސެމީފައިނަލުގައި ނޮޓިންހަމް ފޮރެންޓް އަތުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ކީން ބުނީ ޔުނައިޓެޑަށް ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށާއި ޚާއްޞަކޮށް މި ސީޒަނުގައި ފަހަކަށް އައިސް ޔުނައިޓެޑުން ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. އެރިކް ޓެންހާގްގެ ކޯޗުކަމުގައި ފަހަކަށް އައިސް ޔުނައިޓެޑުން ހޯދަމުން އަންނަ ކުރިއެރުންތަކުގެ އަސްލަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ދިއުން ކަމަށާއި. ރޮނާލްޑޯ ހުރިއިރު ކުލަބަށް ލިބުނު ކުރިއެރުންތައް ބޮޑުތަނުން ދަށްކަމަށެވެ.

ކީން ބުނީ ރޮނާލްޑޯ އާއި ނުލައި ޔުނައިޓެޑް މާ ބޮޑަށް ވެސް ރަނގަޅު ކަމަށާއި ކުލަބުން ރޮނާލްޑޯ ދޫކޮށްލުމަކީ އެޅި ރަނގަޅު ފިޔަވަޅެއްކަން މިހާރު ސާބިވަމުން އަންނަ ކަމަށެވެ.

ރޮނާލްޑޯ ޔުނައިޓެޑުގައި ހުރި ދުވަސްވަރު އަބަދުވެސް އޮންނަނީ ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައި ކަމަށާއި އެކަމުގެ ސަބަބުން ކުލަބުގެ ކުރިއެރުންތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ކީން ވަނީ ބުނެފައެވެ.

" ރޮނާލްޑޯ ދިޔަފަހުން ޔުނައިޓެޑަށް ލިބެމުންދާ ކުރިއެރުންތައް ގިނަ. ރޮނާލްޑޯ އާއި ނުލާ ޔުނައިޓެޑް މާ ބޮޑަށް ވެސް ރަނގަޅު. ރޮނާލްޑޯ ފޮނުވާލުމަށް ޔުނައިޓެޑުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބެލެވެނީ" ރޯއީ ކީން ބުނެފައިވެއެވެ.

ކީން އިތުރަށް ބުނީ ރޮނާލްޑޯ އާއި އެކު ޔުނައިޓެޑުން ސީޒަން ފެށީވެސް ގޯސްކޮށް ކަމަށާއި ނަމަވެސް ރޮނާލްޑޯ ކުލަބު ދޫކޮށް ދިޔަފަހުން ޔުނައިޓެޑް މުޅިން ބަދަލުވެ، ކާމިޔާބީތައް ހޯދަމުންދާ މަންޒަރު އެބަ ފެންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް