އަނިޔާ އާއި ގުޅިގެން އެމްބާޕޭ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭއަށް ލިބުނު އަނިޔާއާއި ގުޅިގެން ތިން ހަފްތާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. އެމްބާޕޭއަށް އަނިޔާވީ ރޭ ފްރެންޗް ލީގުގައި މޮންޕެލިއޭ އާއި ދެކޮޅަށް ޕީއެސްޖީ ...

02 Feb 2023 | 15:27

ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭއަށް ލިބުނު އަނިޔާއާއި ގުޅިގެން ތިން ހަފްތާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އެމްބާޕޭއަށް އަނިޔާވީ ރޭ ފްރެންޗް ލީގުގައި މޮންޕެލިއޭ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައެވެ.

ރޭގެ މެޗު ފެށިގެން 21 ވަނަ މިނެޓުގައި ލިބުނު އަނިޔާއާއި ގުޅިގެން އެމްބާޕޭ ދަނޑުން ބާލަން ޖެހުނުއިރު، އޭނާ މަދުވެގެން ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނޭ ކަމަށް ކުލަބުން ވަނީ ބުނެފައެވެ. އެހެން ކަމުން މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެ އިރު، ޔޫއެފާ އެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބަޔާން އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު އެމްބާޕޭއަށް ގެއްލޭނެއެވެ. މީގެ އިތުރުން ފްރެންޗް ލީގުގެ މުހިންމު ބައެއް މެޗުތައް ވެސް އޭނާއަށް ގެއްލޭނެއެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު މި އަނިޔާއާއި ގުޅިގެން އެމްބާޕޭ ކުޅުމާއި ދުރުގައި ހުންނަން ޖެހުނު އިރު، މިއީ ޕީއެސްޖީއަށް ކުރިމަތިވި ފޫބައްދަން އުނދަގޫ ގެއްލުމަކަށް ވާނެއެވެ. ޕީއެސްޖީން ވެސް ވަނީ އެމްބާޕޭއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކާއި މެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދަނޑިވަޅުގައި އެމްބާޕޭ އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމަކީ ޓީމަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށެވެެ. އެގޮތުން ޗެމްޕިއަން ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބަޔާންއާއި ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ އަށް ނުކުޅެވުމުން ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް