އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭ.އޭ.އެމް)ގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. އޭ.އޭ.އެމް އަކީ ދިވެހިރާއްޖޭގެ ޓްރެކް އެންޑް ފީލްޑް، ރޯޑް ރޭސް އަދި ރޭސ...

02 Feb 2023 | 14:53

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭ.އޭ.އެމް)ގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

އޭ.އޭ.އެމް އަކީ ދިވެހިރާއްޖޭގެ ޓްރެކް އެންޑް ފީލްޑް، ރޯޑް ރޭސް އަދި ރޭސް ވޯކިންގެ އެކި ހަރަކާތްތައް ބަލަހައްޓާ ހިންގާ އިދާރާއެވެ. މި ޕާޓްނަރޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

"އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާރޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުގެ އުންމީދަކީ މި ޕާޓްނަރޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭ.އޭ.އެމްއަށް މަގުފަހިކޮށް އެހީވެދިނުން ކަމުގައިވެސް މިރްޝާން ވިދާޅުވިއެވެ.

ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިގެންދިޔުމާއިމެދު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ޖެނެރަލް ސެކްރެޓަރީ، އަހްމަދު މުންތަޤިމް ވިދާޅުވީ ދިރާގުން ރާއްޖޭގައި އެތުލެޓިކްސް ކުރިއެރުވުމަށް ދެއްވަމުންގެންދަވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށާއި  ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ދިރާގާއެކު މި ކުޅިވަރު އިތުރަށް ކުރިއަށް ގެންދިއުމަކީ އޭއޭއެމްގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް