ޖަލަށް ލާފައި ވަނީ ދީނާއި ދިވެހި ޤައުމިއްޔަތުގެ ހުޅުކޮޅު: އަދުރޭ

ޖަލަށް ލައިގެން މިއުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ނޫންކަމަށާއި، ޖަލަށް ލާފައި ވަނީ ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު ކަމަށް އަދުރޭ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގ...

02 Feb 2023 | 14:36

ޖަލަށް ލައިގެން މިއުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ނޫންކަމަށާއި، ޖަލަށް ލާފައި ވަނީ ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު ކަމަށް އަދުރޭ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ "ހޯޕް ކޮންފަރެންސް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއިން މިއަދު ދަރުބާރުގޭގައި ފެށި ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ހޯޕް ކޮންފަރެންސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޖަލަށް ލައިގެން މި އުޅެނީ ރައީސް ޔާމީން ނޫން ކަމަށާއި ޖަލަށް ލައިގެން އުޅެނީ ދިވެހިން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދު ކަމަށެވެ.

އަދި ޖަލަށް ލައިގެން އުޅެނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅުކަމަށާއި މާދަމާގެ ކުޑަކުދިންގެ ހުވަފެންތައް ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ޔާމީނަކީ ދިވެހި ގައުމުގެ ވެރިއަކަށް މިހާތަނަށް ނުދޭފަދަ ގަދަރާއި އިހްތިރާމް ދިވެހިރައްޔިތުން ދެއްވާފައިވާ ދިވެހިރާއްޖޭގެ ވަތަނީ ސިޔާސީ ލީޑަރު ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.

ޕީޕީއެމުން ބުނީ މިއަދު ފެށި އިދިކޮޅު ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް