ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު މާދަމާ ކުރަން ފަށާނެ

އަވައްޓެރި ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު މާދަމާއިން ފެށިގެން ކުރަން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ. އެ ކޮޅިގަނޑު މިހާރު ހުރީ ރާއްޖޭގެ އ...

02 Feb 2023 | 11:24

އަވައްޓެރި ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު މާދަމާއިން ފެށިގެން ކުރަން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

އެ ކޮޅިގަނޑު މިހާރު ހުރީ ރާއްޖޭގެ އިރުއުތުރުން ލަންކާ ސަރަހައްދުގައި އެވެ.

ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ކޮޅިގަނޑު މަޑުމަޑުން ހުޅަނގު ދެކުނަށް ދަތުރުކޮށް ރާއްޖޭ އިރުމަތިން ގަލްފް އޮފް މަންނާރާއި ކޮމޮރިން ސަރަހައްދު ހިމެނޭހެން ލަންކާގެ ހުޅަނގު އައްސޭރިއަށް ޖެހޭނެ އެވެ.

މެޓު އޮފީހުން ބުނީ އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝާ ޓްރަފް ރާއްޖޭގެ އިރުމަތިން ފެށިގެން އިރު ދެކުނު އަރަބި ކަނޑާއި ހަމައަށް ފޯރަމުންދާ ކަމަށެވެ.

އެހެންވެ މާދަމާ އާއި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަދާ ކުރެ އެވެ.

ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުން ވަނީ އުތުރުގެ ރަށްތަކުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް