އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ އައްޑޫ ސިޓީގެ ފޭދޫ މާދެލަ ކައުންސިލަރު މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއި ކޮށްފި އެވެ.
މިކަން ހާމަކޮށް އެމްޑީޕީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު ފައިސަލް އިދިކޮޅު ކޯލިޝަން ދޫކޮށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.
ފައިސަލް އެމްޑީޕީއަށް ސޮއި ކޮށްފައި ވަނީ މުލިއާ ގޭގައެވެ.
އަދި އެޕާޓީއަށް ސޮއި ކުރުމަށްފަހު އޭނާގެ ފޯމު ހަވާލު ކޮށްފައި ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއާއެވެ.
މިކަމަށްޓަކައި މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ފައިސަލް އެމްޑީޕީއަށް ސޮއި ކުރުމާއި އެކު އައްޑު ސިޓީ ކައުންސިލްގެ ސާފު މެޖޯރިޓީ އެ ޕާޓީއަށް ލިބުނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް