ހޮނިހިރު ދުވަހު ބޭއްވި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކޮށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަށަވަރުވެއްޖެކަން އެ ޕާޓީއިން އިއުލާނުކޮށްފިއެވެ.
ދާއިމީ ނަތީޖާއަށް ބަދަލެއް އައިސްފައިނުވާއިރު އެ ޕާޓީން މިއަދު ބުނެފައިވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަށަވަރު ކުރައްވާފައިވާތީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ.
https://twitter.com/MDPSecretariat/status/1621065762185318400
ރިޔާސީ ޕްރައިމަރީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ އެމަނިކުފާނާއި ވާދަކުރެއްވި، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
ރައީސް ނަޝީދަށް އެ އިންތިހާބުގައި ލިބިލެއްވީ 15،641 ވޯޓެވެ. އެއީ ވޯޓުލީ އަދަދުގެ 38.90 އިންސައްތަ އެވެ. ރައީސް ސޯލިހަށް އެ އިންތިހާބުގައި 24،566 ވޯޓު ލިބިލެއްވިއެވެ. އެއީ ވޯޓު ލީ އަދަދުގެ 61.10 އިންސައްތައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް