ހިޔާ ސަރަހައްދުގައި ކުޑަކުދިންގެ ޕާކު ހަދާ ނިމެނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. މި ޕާކ...

02 Feb 2023 | 07:37

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މި ޕާކު ތަރައްގީ ކުރަނީ އެޗް ހަތަކާއި އެޗް 11 އާއި ދެމެދުގައި އެވެ.

އެޗްޑީސީން ބުނީ އެ ޕާކުގައި ކުދިންނަށް ކުޅޭނެ ގިނަ ސާމާނު ބަހައްޓާނެ ކަމަށެވެ. އޭގެ ތެރެއިން ގިނަ އެއްޗެހި މިހާރު އެތަނުގައި ހަރުކޮށް ނިންމާފައިވާއިރު އެޗްޑީސީން ބުނީ އެއީ މުޅިން އާ ތަކެތި ކަމަށެވެ.

މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކްތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުދެ އެވެ. އެގޮތުން މި ސަރަހައްދުތަކުގައި ގަސް އިންދާ އަދި، އާއްމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

އެޗްޑީސީން ނިންމާފައި ވަނީ މި ޕޮކެޓް ޕާކްތައް ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރުމުގެ މަގު ފަހި ކޮށްދިނުމަށް ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް