އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓިގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން ގޮފިތަކެއް އުފައްދަން ކުރަން ފެށި މަސައްކަތް ބަދަލު ވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނު ބަލި ކުރައްވާ އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ24،000 ވޯޓުންނެވެ. އޭގެ އެއް ދުވަސް ފަހު ބަލި ގަބޫލު ކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ ތެރޭގައި ވަކި ގޮފިތަކެއް އުފައްދައި50،000 މެމްބަރުން ހަމަކޮށް ކެންޑިޑޭޓަކު ކަނޑައެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ރޭ ރަސްމީކޮށް ގޮފި އުފެއްދުމުގެ މަސައްކަތް ފަށައި "ފިކުރެއްގެ ދިރުން" އާއި ގުޅުމަށް ފޯމު ވަނީ ފުރަން ފަށާފައި އެވެ. އެކަމަކު އެ ފޯމު މުޅިން ތަފާތެވެ.
އެމްޑީޕީ ތެރޭގައި ގޮފި އުފެއްދުމުގެ ހުއްދަ އޮންނައިރު އެ ކަމަށް ހާއްސަ ފޯމެއް، އެމްޑީޕީގެ ލޯގޯ ޖަހައި ތައްޔާރުކޮށް އާންމުކޮށްފައިވެ އެވެ. އެކަމަކު ނަޝީދުގެ ޓީމުން ފުރަމުންދާ ފޯމުގައި އެމްޑީޕީގެ ލޯގޯއެއް ނުވަތަ އެއީ އެމްޑީޕީ އާއި ގުޅުން ހުރި ފޯމެއްކަން އަންގައިދޭ އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ.
އެ ފޯމު ގުޅުން އޮތީ ރައީސް ނަޝީދުގެ އަމިއްލަ ގެކޮޅު ގ. ކެނެރީގެ އާއި އެވެ. އެ ގެއިން ނުކުންނަ އެ ދިރުން ހުންނަ މަގަކަށްވެސް އޮތީ ގެނެރީގެ ހުންނަ ނޯލޯފަރުހިނގުމެވެ. ފޯމް ބަލައިގަތުމުގެ ކަންކަން ކުރަނީ "ފިކުރެއްގެ ދިރުން އޮފީހުން" ކަމަށް އެ ފޯމުގައި ބުނެފައިވެ އެވެ.
މިގޮތަށް އަމަލު ކުރިޔަސް އެ ސޮއި ކުރި މީހުންގެ މައުލޫމާތު ހިމެނޭހެން ކެނެރީގޭ ނަމުގައި އެމްޑީޕީގެ ގޮފި އުފައްދާ ފޯމު ހުށަހަޅައިފި ނަމަ ރެޖިސްޓްރީ ކޮށްދޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާޅުވަމުން ގެންދަވަނީ ދަރިންގެ މުސްތަގުބަލަށް ޓަކައި "ފިކުރެއްގެ ދިރުން" މާއި ގުޅެން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވެފައިވާގޮތުގައި އެމަނިކުފާނު އެމްޑީޕީން ވަތްކެއް ނުވާނެ އެވެ. އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް