ވ. ފެލިދޫ އާއި އެ އަތޮޅު ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ސާސް-އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަތު ސަޢުދުﷲ އަހުމަދު އެވެ.
މި އެއްބަސްވުމުގެ ދަށުން ކެޔޮދޫގައި 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމުކުރުމުގެ މަސައްކަތާއި 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމުގެ މަސައްކަތް އަދި 20،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ފެލިދޫގައި 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމުކުރުމުގެ މަސައްކަތާއި، 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމުކުރުމުގެ މަސައްކަތާއި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން 15،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މި ދެ މަޝްރޫއު ނިންމުމަށް ހަވާލުކުރީ 450 ދުވަހުގެ ތެރޭގަ އެވެ. މިއީ 33.7 މިލިއަން ރުފިޔާގެ ދެ މަޝްރޫއު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް