200 މެގަޕިކްސެލް ކެމެރާ ހިމެނޭ ސޭމްސަންގެ އެސް 23 އަލްޓްރާ ލޯންޗުކޮށްފި

200 މެގަޕިކްސެލް ކެމެރާއަކާއެކު ސޭމްސަންގް އެސް 23 އަލްޓްރާ ލޯންޗުކޮށްފިއެވެ. މި ފޯނު ސެމްސަންގުން ލޯންޗުކޮށްފައިވަނީ ރޭގައި ބޭއްވި ސޭމްސަންގް ގެލެކްސީ އަންޕެކް 2023 އިވެންޓްގައެވެ. މި އިވެންޓްގައި ތި...

02 Feb 2023 | 05:37

200 މެގަޕިކްސެލް ކެމެރާއަކާއެކު ސޭމްސަންގް އެސް 23 އަލްޓްރާ ލޯންޗުކޮށްފިއެވެ.

މި ފޯނު ސެމްސަންގުން ލޯންޗުކޮށްފައިވަނީ ރޭގައި ބޭއްވި ސޭމްސަންގް ގެލެކްސީ އަންޕެކް 2023 އިވެންޓްގައެވެ.

މި އިވެންޓްގައި ތިން ފޯނަކާއި ތިން ލެޕްޓޮޕެއް ލޯންޗުކޮށްފައިވެއެވެ. އެއީ ސެމްސަންގް ގެލެކްސީ އެސް 23 އަދި އެސް 23 ޕްލަސް އަދި އެސް 23 އަލްޓްރާ އެވެ.

މި ފޯނުތަކަށް ބަލާލާއިރު އެސް 22 ސީރީޒަށްވުރެ އެސް 23 ސީރީޒްގައި ފާހަގަކޮށްލެވޭ އަޕްގްރޭޑްތަކުގެ ތެރޭގައި ހިމެނެނީ ކެމެރާ އާއި ޕްރޮސެސާ އެވެ. އެގޮތުން އެސް 23 ޕްލަސް އާއި އަލްޓްރާގައި 200 މެގަޕިކްސެލް ވައިޑް ކެމެރާ ހިމަނާފައިވާއިރު މި ފޯނުތަކުގައި ބޭނުންކޮށްފައިވަނީ ސްނެޕްޑްރެގަންގެ އެންމެ ފަހުގެ ޕްރޮސެސާ ޗިޕް ސްނެޕްޑްރެގަން 8 ޖެން 2 ފޯރ ގެލެކްސީ އެވެ.

ސެމްސަންގުން ފާހަގަކުރާގޮތުގައި އެސް 23، އެސް 22 އާއި އަޅާބަލާއިރު ސީޕީޔޫ 34 އިންސައްތަ 49 އެންޕީޔޫ އަދި ޖީޕީޔޫ 41 އިންސައްތަ ޕާފޯމޭންސް ރަނގަޅުވާނެ ކަމަށެވެ.

ރޭގެ އިވެންޓްގައި ލޯންޗުކުރި ތިން ލެޕްޓޮޕަކީ ގެލެކްސީ ބުކް 3  ޕްރޯ އާއި ގެލެކްސީ ބުކް 3 ޕްރޯ 360 ގެ އިތުރުން ގެލެކްސީ ބުކް 3 އަލްޓްރާ އެވެ.

އަލަށް ލޯންޗުކުރި އުފެއްދުންތަކުގެ އަގުތަކަށް ބަލާލާއިރު ގެލެކްސީ އެސް 23 ގެ އަގަކީ 799 ޑޮލަރެވެ. އެސް 23 ޕްލަސްގެ އަގަކީ 999 ޑޮލަރެވެ. އެސް 23 އަލްޓްރާގެ އަގަކީ 1999 ޑޮލަރެވެ.

ލެޕްޓޮޕްތަކުގެ އަގުތަކަށް ބަލއިރު ގެލެކްސީ ބުކް 3 ޕްރޯގެ އަގަކީ 1249 ޑޮލަރެވެ. ގެލެކްސީ ބުކް 3 ޕްރޯ 360 ގެ އަގަކީ 1399 ޑޮލަރެވެ. ގެލެކްސީ ބުކް 3 އަލްޓްރާގެ އަގަކީ 2199 ޑޮލަރެވެ.

މި އުފެއްދުންތަކުގެ ތެރެއިން ގެލެކްސީ ބުކް 3 އަލްޓްރާ ފިޔަވާ އެހެން ހުރިހާ އުފެއްދުންތަކެއް މިއަދު ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު ބުކް 3 އަލްޓްރާ ޕްރީ އޯޑަރަށް ހުޅުވާލަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް