ފަތުރުވެރިޔަކު މަރުވި މައްސަލަ: ޑިންގީ ދުއްވި މީހާ ހައްޔަރުކޮށްފި

އާދީއްތަ ދުވަހު ތުލުސްދޫގައި ފަތުރުވެރިޔަކު މަރުވި މައްސަލައިގާ ޑިންގީ ދުއްވި މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ޑިންގީ ދުއްވި، އުމުރުން 45 އަހަރުގެ މީހާ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށ...

02 Feb 2023 | 03:27

އާދީއްތަ ދުވަހު ތުލުސްދޫގައި ފަތުރުވެރިޔަކު މަރުވި މައްސަލައިގާ ޑިންގީ ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޑިންގީ ދުއްވި، އުމުރުން 45 އަހަރުގެ މީހާ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.

"އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އެއީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަމަށެވެ.

އެ ފަތުރުވެރިޔާ މަރުވީ ތުލުސްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ޑިންގީއަކުން ޖެހިގެންނެވެ. އެއީ ސްޕޭނަށް ނިސްބަތްވާ ފިރިހެނެކެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔައީ އަނބިމީހާއާއި އެކުގައެވެ.

ކ. ތުލުސްދޫއަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ، ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް