ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އިން "ތާޒާ އަހަރަކަށް ތާޒާ" ގެ ނަމުގައި އެއް އަހަރު ދުވަހަށް ހިލޭ ފެން ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އައިލެންޑް ބެވަރޭޖަސް އިން ފޭސްބުކްގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.
އެގޮތުން މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް ތިން ކަމެއް ކުރަންޖެހެއެވެ.
އެއީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖު ލައިކް ކުރުމާއި، އެ ޕްރޮމޯޝަންގެ އޮރިޖިނަލް ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި #TaZa ޖެހުމަށްފަހު ދެ އެކުވެރިން ޓެގު ކުރުމާއި އަދި އެ ޕޯސްޓު ޕަބްލިކްކޮށް ޝެއާ ކުރުމެވެ.
މި ޕްރޮމޯޝަންގައި ބައިވެރިންގެ މެދުގައި ނަސީބުވެރިފަރާތެއް ހޮވުމަށް ގުރު ނެގުން އޮންނާނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ކަމަށް އައިލެންޑްބެވަރޭޖަސް މޯލްޑިވްސް އިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވޭނީ ބައިވެރިންގެ ތެރެއިން އެންމެ ފަރާތެއް ކަމަށެވެ. އަދި އެ ފަރާތަށް އިނާމެއްގެ ގޮތުގައި އެއް އަހަރުގެ ދުވަހަށް ކޮންމެ މަހަކު ތާޒާ ބްރޭންޑުގެ ފަސް ލީޓަރުގެ ފަސް ކޭސް ފެން ހިލޭ ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް