ކޮވިޑު ކޭސްތަކުގެ އަދަދުތައް ދަށަށް ދާތާ ހަތަރުވަނަ ދުވަސް

ކޮވިޑަށް ރާއްޖެއިން އިތުރު 2142 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެއީ މާލެ ސަރަހައްދުން 771 މީހަކު އަދި ރަށްރަށުން 1053 މީހުންނެވެ. ކޮވިޑުގެ އަދަދު މިހާރު ދަށަށް ދާ މަންޒަރު ފެންނައިރު، މިއީ ޖެހި ޖެހިގެން ...

02 Feb 2022 | 17:38

ކޮވިޑަށް ރާއްޖެއިން އިތުރު 2142 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެއީ މާލެ ސަރަހައްދުން 771 މީހަކު އަދި ރަށްރަށުން 1053 މީހުންނެވެ.

ކޮވިޑުގެ އަދަދު މިހާރު ދަށަށް ދާ މަންޒަރު ފެންނައިރު، މިއީ ޖެހި ޖެހިގެން އަދަދު ދަށަށް ދިޔަ ހަތަރުވަނަ ދުވަހެވެ.

އެގޮތުން އިއްޔެ ޕޮޒިޓިވް ވީ 2180 މީހުންނެވެ. އޭގެ ކުރީ ދުވަހުގެ އަދަދަކީ 2754 އެވެ. އަދި އޭގެ ކުރީ ދުވަހުގެ އަދަދަކީ 2838 އެވެ.

ކޮވިޑުގެ އަދަދުތައް ދަށަށް ދާއިރު މިހާރު އެންމެ ބާރަށް ފެތުރޭ ކޮވިޑުގެ ވޭރިއަންޓް، އޮމިކްރޯނަކީ އެހާ ނުރައްކާތެރި ވޭރިއަންޓެއް ނޫންކަމަށް ބުނެއެވެ. އަދި މި ވޭރިއަންޓް ހަލުވި މިނެއްގައި ފެތުރުނު ނަމަވެސް މާ ބޮޑު ނުރައްކަލެއް ނެތް ކަމަށްވެސް ބުނެއެވެ.

ރާއްޖެއިން މިހާތަަނަށް 143202 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ބަލިން 125190 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 17721 އެވެ. އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 62 އެވެ. މިހާތަަނަށް މި ބަލީގައި ރާއްޖެއިން 278 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް