އިނގެރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ބުނާގޮތުން އޭނާގެ އަންހެނުން އަދި ފެޝަން ޑިޒައިނަރު ވިކްޓޯރިޔާ ބެކަމް 47އ ވަނީ 25 އަހަރު ވާން ދެން ކޮންމެ ދުވަހަކުވެސް އެކައްޗެއް ކައިފިއެވެ.
ވިކްޓޯރިއާ ބެކަމް ހަތަރު ފަހަރަށް މާބަނޑުވެ، މެދު އުމުރުގައި އޭނާގެ ރީތި ލޫޅާފަތި ހަށިގަނޑު އެއްވަރެއްގައި ދަމަހައްޓަނީ ކިހިނެތްތޯ ދުވަހަކު ވެސް ވިސްނާލިން ހެއްޔެވެ؟ ދާދި ފަހުން މިވަނީ ވިކްޓޯރިޔާގެ ލޫޅާފަތި ހަށިގަނޑުގެ ސިއްރު އޭނާގެ ފިރިމީހާ ހާމަކޮށްފައެވެ.
އެގޮތުން ބެކަމް ބުނިގޮތުގައި ވިކްޓޯރިއާ އާއި ދިމާވި އިރުންސުރެފެށިގެން ވިކްޓޯރިއާ ކަނީ ގްރިލްޑް ފިޝް އާއި ސްޓީމްކޮށްފައި ހުންނަ ތަރުކާރީއެވެ. އަދި ވަރަށް މަދު ފަހަރެއްގައި ނޫނީ އޭނާ އެހެން އެއްޗެއް ކެއުމުގައި ނުހިމަނާ ކަމަށް ބެކަމް ބުނެފައިވެއެވެ.
މީގެ އިތުރުން ބެކަމް ބުނީ ވިކްޓޯރިއާގެ ހަރުކަށި ޑައިޓަށް ކިރިޔާވެސް ދުލެއް ދީފައި ވަނީ ހަގު ދަރިފުޅަށް ބަނޑުބޮޑު އިރު ކަމުގައެވެ.
ބެކަމް އާއި ވިކްޓޯރިއާ ކައިވެނި ކުރީ 1999 ގައެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ތިން ފިރިހެން ދަރިންނާއި އަންހެން ކުއްޖެކެވެ. އެއީ ބުރްކްލިން ބެކަމް، 22، ރޯމިއޯ ޖޭމްސް ބެކަމް، 19، ކްރޫޒް ބެކަމް، 16 އަދި ހާޕާ ސެވެން ބެކަމް، 10، އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް