އަޅުގަނޑުމެން ދިރިއުޅުމުގައި މެދުވެރިވާ ނުވަތަ ދިމާ ވާ ކޮންމެ ކަމެއްގައިވެސް މަޤުސަދެއް ވާ ކަމަށާއި އޭގެން އެއްވެސް ކަމަކީ ބޭނުމެއް ނެތި މެދުވެރި ކުރައްވާ ކަންކަން ނޫންކަމަށް ޒިމްބާބްވޭގެ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ވިދާޅުވެއްޖެއެވެ.
ދިވެހިންގެ މެދުގައިވެސް ބޮޑު މަޤުބޫލް ކަމެއް ހޯދައިވާ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމަށް ތަފާތު ކަންތައް ތަކެއް މާތް ﷲ މެދުވެރި ކުރައްވާ ކަމަށާއި އެކަންކަމަކީ މަޤުސަދަކާޢި ލައިގެން މެދުވެރި ކުރައްވާ ކަންކަން ކަމަށެވެ. އަދި ދިރިއުޅުމުގައި ހިތާމައެއް ނުވަތަ އުފަލެއް ނުވަތަ އެހެންވެސް ކަމެއް މެދުވެރި ކުރައްވަނީ ރަނގަޅު ފިލާވަޅިތަކަކާއި އެކުގައި ކަމަށް ވެސް މެންކް ވިދާޅުވިއެވެ.
މާތް ﷲ އިންސާނުންނަށް މެދުވެރި ކުރައްވާ ކަންކަމާއި މެދު ބައެއް މީހުން ދެކޭގޮތް ތަފާތު ކަމަށާއި އެގޮތުން އެފަދަ ކަންކަމަކީ ހާދިއާސާއެއް ނުވަތަ އޮޅުކަމުން މެދުވެރިވާ ކަންކަން ކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހާލަތެއްގައި އޮޅުމަކުންނުވަތަ ހާދިސާއަކުން ދިމާވާ ކަންކަން ނޫން ކަމަށާއި އެއީ އިންސާނުން އިމްތިހާން ކުރެއްވުމަށް ޓަކައި މާތް ﷲ މެދުވެރި ކުރައްވާ ކަންކަން ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަމުން ޢިބުރަތް ހާސިލް ކުރަން ޖެހޭކަމަށް ވެސް މެންކް ވިދާޅުވިއެވެ.
" ދިރިއުޅުމުގައި މެދުވެރިވާ ކޮންމެ ކަމެއްގައިވެސް މަޤަުޞަދެއް ވާނެ. އެކަމުން އަހަރެމެން ޢިބުރަތް ހާސިލް ކުރަން ޖެހޭ. އެއީ ކީ އޮޅުމަކުން ނުވަތަ ހާދިސާއަކުން ދިމާވާ ކަންކަމެއް ނޫން." މެންސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް