ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓަށް ޕްރިންޓްކުރި ވޯޓު ކަރުދާހުގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެގޮތުން އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ ޕްރިންޓްކޮށްފައިވަނީ 3349 ވޯޓު ކަރުދާސް ކަމަށެވެ.
މި ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 3309 އެވެ. އެހެންކަމުން އިތުރަށް ޕްރިންޓްކޮށްފައިމިވަނީ 40 ކަރުދާހެވެ.
މި އިންތިހާބުގައި ޖުމްލަ ހަތް ފޮށި ބަހައްޓަން އިލެކްޝަންސުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮށި ފޯކައިދޫގައި ދެ ފޮށި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް