ށ. ފޭދޫގައި އެ ރަށުން ކައުންސިލުގެ ބެލުމުގެ ދަށުން ތަރައްޤީ ކުރަމުން އަންނަ ޕްރީ ސްކޫލަށް ކަޅުތެޔޮ ޖަހައިފިއެވެ.
ފޭދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެރަށުގައި ތުއްތު ކުދިންނަށް ތައުލީމު ދިނުމަށްޓަކައި ކައުންސިލުން ތަރައްޤީކުރަމުން އަންނަ ޕްރީ ސްކޫލަށް ރޭގެ ވަގުތެއްގައި ކަޅު ތެޔޮ ޖަހައި ގެއްލުން ދީފައިވާ ކަމުގައެވެ.
މީގެ އިތުރުން މި މައްސަލަ ކުށްވެރިކޮށް ފޭދޫ ކައުންސިލުން ބުނީ، އެފަދަ އަމަލުތަކުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާ ކަމަށެވެ.
މިގޮތުން އެކަމުގެ ސަބަބުން ތުއްތު ކުދިންނަށް ތަޢުލީމުދިނުމަށް އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ލަސްވެ، އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވެގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް