ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވައި މި އަހަރަށް މަޖިލިސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާ އިިދިކޮޅު ކޯލީޝަނުން ބޮއިކޮޓް ކޮށްފިއެވެ. ޕީޕީއެމާއި ޕީއެންސީ ހިމެނޭ މި ...

02 Feb 2022 | 15:37

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވައި މި އަހަރަށް މަޖިލިސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާ އިިދިކޮޅު ކޯލީޝަނުން ބޮއިކޮޓް ކޮށްފިއެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ މި ކޯލިޝަނުން މިކަން ހާމަކޮށްފައިވަނީ އެ ކޯލީޝަނުގެ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޖުޑީޝަރީއަށް އަތް ބާނައިގެން ރައީސްޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މައިގަނޑު ދެވަނަކަމެއްގެ ގޮތުގައި އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިންޑިއާ އައުޓް ހުއްޓުވުމަށް ބިލެއް ހަދަން އުޅޭތީ އެކަމެވެ. މީގެ އިތުރުން މިވަގުތު އޭސީސީ ނެތް ނެތުންވެސް ފާހަގަކޮށް ބުނެފައިވަނީ މިހިރަ މިހިރަ ސަބަބުތައް ހުރީތީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާން ކޯލީޝަނުން ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް