ޖަލަށް ހުކުމް ކުރި އިރު އަޑުބަރޭވެސް ގައުމަކު ނެތް !

އަލީ ވަހީދަށް ޖާމިނުވި އަސްހަދު އަލީއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އޭނާވެސް ރާއްޖޭގައި ނެތްކަން ހާމަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވީ ޣައިރު ހާޒ...

02 Feb 2022 | 14:51

އަލީ ވަހީދަށް ޖާމިނުވި އަސްހަދު އަލީއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އޭނާވެސް ރާއްޖޭގައި ނެތްކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވީ ޣައިރު ހާޒިރުގައެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ވަޑައިގެންނެވީ ބަދަލުގައި ކުރީގެ ސްޓޭޓް މިނިސްޓަރު  އަސްހަދު އަލީ(އަޑުބަރޭ) ޖާމިނުކޮށްފައެވެ. ނަމަވެސް އަލީ ވަހީދަށް ދިން މުއްދަތު ހަމަވިއިރުވެސް ނައުމުން އަސްހަދު އަލީއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީއެވެ.

ހުކުމް ކުރި އިރު އަޑުބަރޭ ރާއްޖޭގައި ނެތްކަން އެނގިފައިވާއިރު އަޑުބަރޭ ހޯދައިދޭން ފުލުހުންގެ ކިބައިން ކަރެކްޝަންސް އިން މިހާރު ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް