ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އަސްހަދު އަލީ ( އަޑުބަރޭ) ވަކިކޮށްފިއެވެ.
އަޑުބަރޭ މަގާމުން ވަކިކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށް ފަހު، އޭނާ އެނބުރި ރާއްޖެ ގެނެސްފައި ނުވާތީ 15 ދުވަހަށް ޖަލަށްލާން އަޑުބަރޭގެ މައްޗަށް އިއްވި ހުކުމާ ގުޅިގެނެވެ.
ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ އަލީ ވަހީދު ހަތަރު މަހަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ އަޑުބަރޭ ޖާމިނުވެއެވެ. އަލީ ވަހީދު ރާއްޖެ ގެންނަން އަޑުބަރޭ އަށް ކޯޓުން ކުރިން ދިން 72 ގަޑިއިރުގެ ތެރޭގައި ވެސް އޭނާ ގެނެސްފައި ނުވާތީ ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް