ރާޝިދަށް ތާއީދު ހޯދައިދޭން އިމްރާން ނިކުންނަވައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދައިދޭން އަދާލަތު ޕާޓީގެ ރ...

02 Feb 2022 | 09:56

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދައިދޭން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަސައްކަތް ފައްޓަވައިފިއެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ފޮޓޯ ހިއްސާކޮށް ބުނެފައި ވަނީ އިމްރާން އެމްޑީޕީގެ މަރޮށި ކެމްޕޭން ޓީމާ ބައްދަލު ކުރައްވަނީ ކަމުގައެވެ.

އެ ބައްދަލްވުމުގައި ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ނާއިބު މުހައްމަދު ޝިފާޒް އާއި މެންބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގަތެވެ.

އަދާލަތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ މައިޕާޓީ އަށް ތާއީދުކުރާ ކަން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަަަ ދުވަހުއެވެ.

މީގެ އިތުރުން އަދާލަތުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ތާއީދު ކުރަނީ ކީއްވެކަން ހާމަކޮށްފައެވެ.

އެގޮތުން އަދާލާތުން ބުނީ  2008 ވަނަ އަހަރު ފާސް ކުރި ގާނޫނު އަސާސީގެ ހަޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ބަލާއިރު މި ސަރުކާރުގައި އަމާން ސުލްހަވެރި މުޖްތަމައެއް ގާއިމްކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ކޮވިޑް-19 އިގެ ވަބާއާއެކު މެދުވެރިވި އިގްތިސޯދީ ދަތިތަކާއެކު ވެސް ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގަވާފައި ވެއެވެ.

އަދި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސް ޞާލިހްގެ އަރިހުގައި އަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. ހަމައެހެންމެ، ޤައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް އަމާން ވެއްޓެއް ކަށަވަރު ކުރުމަށް ހަރުދަނާ މަސައްކަތް ތަކެއް ކުރެވި މުޖްތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުގެ ފަރާތުން ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އަދާލަތުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް