ޖިންސީކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓާރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ( އަޑުބަރޭ)15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޖިންސީގޯނާ ކުރުމުގެ ތުހުމުތަތު ތަކާގުޅިގެން އަލީވަހީދުގެ ޕާސްޕޯޓް ހިފެއްޓީ 2020 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ނަމަވެސް އަމުރު މުރާޖާކުރުމުން ޕާސްޕޯޓް ވަނީ ދޫކޮށްލާފައެވެ. އެއާއެކު ބޭސްފަރުވާއަށް އަލީ ވަހީދު ވަނީ ބޭރަށް ފުރާފައެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ދިއުމަށް ކޯޓުން އެއްބަސްވީ އަޑުބަރޭ ޖާމިނުވުމުންނެވެ. އަޑުބަރޭ ޖާމިނުވެފައި ވަނީ އަލީ ވަހީދު ހަތަރު މަސްދުވަސް ފަހުން ކޯޓަށް ހާޒުރުކޮށްދެއްވުމަށް އެއްބަސްވެގެނެވެ. ނަމަވެސް ދީފައިވާ މުއްދަތުގައި އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.
މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަޑުބަރޭ އަށް 15 ދުވަހުގެ ޖަލު ހުކުމެއް އަޔަސް ދައުލަތުން އެދުނީ އެއް އަހަރަށް ޖަލަށް ލުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް