ށ. ގޮއިދޫ ގައި ފެނުގެ ނިޒާމު އަދި ށ. ފީވަކުގައި ގައި ފެނާއި ނަރުދަމާގެ ނިޒާމުފަށައިފިއެވެ.
ފީވައް އަދި ގޮއިދޫ ގައި ހިންގާ މި މަޝްރޫއަކީ އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލު ކޮށްގެން ހިންގާ މަޝްރޫއެކެވެ.
232 މިލިއަން ރުފިޔާ ގެ މި މަޝަރޫއުގައި ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި 18.9 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމުގެ މަސައްކަތެެވެ.
މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓަން ވަނީ ނިނ،ްމާފައެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދެއެެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ
ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތްތަކާއި ފެން ތާންގީތަކުގެ
ފައުންޑޭޝަން އެޅުމުގެމަސައްކަތެވެ. އަދި މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިއު.އެސް.ސީން ފޯރުކޮށްދެވިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.
މި ދެ މަޝްރޫޢުގެ ތެރެއިން ރަށުގައި ޖުމުލަ 15 ވަޒީފާއެއް އުފެދި މި ދެރަށުގެ ރައްޔިތުންނަށް ވަނީ މި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް