ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމާއެކު ރަށަށް އިގްތިސާދީ ކުރިއެރުން ލިބޭނެ: މުޣުނީ

ކ.ގުޅީގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމާއެކު ރަށުގެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ. މުޢުނީ މިހެން ވިދާޅުވީ ގުޅީގައި ގާއި...

02 Feb 2022 | 07:41

ކ.ގުޅީގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމާއެކު ރަށުގެ އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.

މުޢުނީ މިހެން ވިދާޅުވީ ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގުޅީގެ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުޢުނީ ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތް މި ސަރުކާރުންފަށާ ފުރަތަމަ ރަށަކީ ގުޅިކަމަށެވެ. އަދި މި ހިދުމަތްދެވުމާކީ ގައުމުގެ ތަރައްގީއަށް ވަކިން ހާއްސަކޮށް ރަށުގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް މުޢްނީ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަން މުޣުނީގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ކ. ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ވަނީ ފަށާފައެވެ. ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބަހައްތާފައެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް