ޗައިނާއިން ރަހީނު ކުރި އިންޑިއާ ކުއްޖާއަށް އަނިޔާކޮށް ކަރަންޓުގައި ޖެއްސި!

ޗައިނާ އާއި އިންޑިއާގެ ބޯޑަރު ގުޅޭ ސަރަހައްދު ކަމަށްވާ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްއިން މިދިޔަ މަހު ރަހީނު ކުރި ކުއްޖާއަށް ޗައިނާ ސިފައިން އަނިޔާކޮށް ކަރަންޓުގައި ޖެއްސި ކަމަށް އެ ކުއްޖާ ބުނެފި އެވެ...

02 Feb 2022 | 07:07

ޗައިނާ އާއި އިންޑިއާގެ ބޯޑަރު ގުޅޭ ސަރަހައްދު ކަމަށްވާ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްއިން މިދިޔަ މަހު ރަހީނު ކުރި ކުއްޖާއަށް ޗައިނާ ސިފައިން އަނިޔާކޮށް ކަރަންޓުގައި ޖެއްސި ކަމަށް އެ ކުއްޖާ ބުނެފި އެވެ.

އުމުރުން17 އަހަރުގެ ކުއްޖާ ގެއްލުނީ މިދިޔަ މަހުގެ18 ވަނަ ދުވަހު އެވެ. ޗައިނާއިން އެ ކުއްޖާ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ.

އެ ކުއްޖާ މީޑިއާއަށް ދިން ފުރަތަމަ އިންޓަވިއުގައި ބުނެފައިވަނީ ޗައިނާ ސިފައިން އޭނާ ގެންދިޔައީ ޗައިނާގެ ބޯޑަރު ހިމެނޭ ބޯ ޖަންގަލީގެ ތެރެއަށް ކަމަށެވެ. ކުއްޖާ ބުނީ އަނިޔާ ކޮށް ކަރަންޓުގައި ޖެއްސީ ފުރަތަމަ ދުވަހު ކަމަށެވެ.

އޭގެ ފަހުން އޭނާއަށް އެމީހުންގެ ފަރާތުން އެއްވެސް ހަމަލާއެއް ނާންނަ ކަމަށް ބުނެފައިވެ އެވެ. އަދި ބަރާބަރަށް ކާއެއްޗިއްސާއި ފެން ދީފައިވާ ކަމަށް ބުންޏެވެ.

އެ ކުއްޖާ ބުނީ އޭނާ ހައްޔަރު ކުރީ އެކުވެރިންނާއި އެކު އަރޫނާޗަލް ޕްރަދޭޝްގެ ޖަންގަލިތެރޭގައި ބޭސްވެރިކަމަށް ގަސްގަހުން ފަތް ބިންނަން އުޅެނިކޮށް ކަމަށެވެ. އޭނާ ރަހީނު ކުރީ ބޮލަށް ފޮތިގަނޑެއް ލެއްވުމަށް ފަހު އެއްވެސް ތަނެއް ނުފެންނަ ގޮތް ހަދައިގެން ކަމަށް ކުއްޖާ ބުނާއިރު ޗައިނާ ސިފައިން އޭނާ ގެންގުޅުނީ ބިޑި އަޅުވައިގެން ކަމަށް ބުންޏެވެ.

އެ ކުއްޖާ އަނބުރާ ދޫކޮށްލި މައިގަނޑު ސަބަބެއް ދެ ގައުމުގެ އަސްކަރިއްޔާއިން ހާމައެއް ނުކުރެ އެވެ. އިންޑިއާ އަސްކަރިއްޔާ އިން ބުނީ އެ ކުއްޖާ ދޫކޮށްލީ އެމީހުންގެ ހައްޔަރުގައި ހުރީ އެއްވެސް ކުށެއް ނެތް ކުއްޖެއް ކަމުގެ މައުލޫމާތު ހިއްސާ ކުރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް