މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނީކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
ފުލުހުން ބުނީ ގެވެށިއަނިޔާ ލިބުނު އަންހެން މީހާއަށް އަނިޔާ ކޮށްފައިވަނީ އޭނާގެ ފިރިމީހާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 06:20 ގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ކަމަށެވެ.
މިއަދު ހެނދުނު މީސްމީޑިއާގައި، ވަނީ އެ އަންހެން މީހާ ގެއިން ނެރެގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި އެވެ. ވީޑިއޯގައި ފުލުހުންގެ އެހީތެރިކަމާއި އެކު އަންހެން މީހާ ސިޑިއަކުން ބާލައިގެން ގެންދާތަން ފެންނަ އިރު ހެދުމުގެ ތިރީކޮޅު އޮތީ ލެއިން ފޯވެފައި އެވެ.
ފުލުހުން ބުނީ މި ކަން ހިނގާދިޔަ ގޮތް އިތުރަށް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް