ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 278 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ 73އ ސްރީލަންކާ ފިރިހެނަކު ރޭ މެންދަމު މަރުވެފައިވާ ކަމަށެވެ.
އެގޮތުން އެމީހާ މަރުވެފައި ވަނީ ރޭ މެންދަމު 03:04 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު މަރުވި މީހާ އާއި އެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ މިވަނީ 278 އަށް އަރާފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 17،743 މީހުންނަށް ކަމަށެވެ.
އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 63 މީހުންނަށެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 123،027 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 141،060 މީހުންނަށެވެ. ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 278 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް