މިމަހު ކައިވެނި ކުރަން އަދި ރީތި ދެ ތާރީހު އެބަ އޮތް، ތައްޔާރުތަ !؟

ދިވެހިންނަކީ ރީތި ތާރިހު ތަކަށް އަބަދުވެސް ބަލަބަލާ ތިބޭ ބައެކެވެ. މި ތާރިހު ތަކުގައި ތަފާތު އެތައް ކަމެއް ކޮށް އުޅޭ އަދި ރާވަމުންދާ ބައެކެވެ. ހާއްސަކޮށް ކައިވެންޏެވެ. މިއަދަކީވެސް ގިނަ ދިވެހީ ދުރާލާ ...

02 Feb 2022 | 05:12

ދިވެހިންނަކީ ރީތި ތާރިހު ތަކަށް އަބަދުވެސް ބަލަބަލާ ތިބޭ ބައެކެވެ. މި ތާރިހު ތަކުގައި ތަފާތު އެތައް ކަމެއް ކޮށް އުޅޭ އަދި ރާވަމުންދާ ބައެކެވެ. ހާއްސަކޮށް ކައިވެންޏެވެ.

މިއަދަކީވެސް ގިނަ ދިވެހީ ދުރާލާ ތައްޔާރުވަމުންދާ އަހަރުގެ ރީތި ތާރިހުތަކުގެ ތެރެއިން ތާރީހެކެވެ. 22/2/2 އެވެ. މިއަދުގެ މި ރީތި ތާރީހުގައި ކައިވެނި ކުރުމަށް ތައްޔާރުވެ ތިބި ތިވެގެން މަދެއް ނޫނެވެ. މިއަދުގެ ތާރީހަށް ތައްޔާރު ނުވެވޭ މީހުންވެސް ތިބޭނެކަށް ޝައްކެއްނެތެވެ. ނަމަވެސް ހާސްވާން ޖެހޭވަރުގެ ކަމެއް ނެތެވެ. މި މަހުގައި މިއަދުގެ ތާރީހަށް ތައްޔާރު ނުވެވުނު ނަމަވެސް މި މަހުގައި އަހަރުގެ ރީތި ތާރީހުތަކުގެ ތެރެއިން ދެ ތާރީހު އެބައޮތެވެ. އެއީ 22/2/20 އަދި 22/2/22 އެވެ. މި ތާރީހު ތަކަށް ތައްޔާރުވެލާށެވެ.

މިއަހަރުގެ ހުރިހާ ދުވަހެއްގައި ކޯޓު ތަކުގައި ކައިވެނި ކޮށްދޭން ނިންމައިފައިވާއިރު މިއަދު އެކަނި ވެސް 39 ކައިވެނި ކޮށްދިނުމަށް ފެމިލީ ކޯޓްގައިވަނީ ނިންމާފައެވެ.

ރީތި ތާރީހުތަކުގައި ކައިވެނިކުރާ ދިވެހިންގެ ނިސްބަތުން ގިނަ ނަމެވެސް ވަރިވެސް ވަނީ އެހާގިނަ ވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު  ވަނީ 1192 ވަރިކޮށްފައެވެ. މިއީ ނިމިދިޔަ އަހަރުގެ  ޖުމްލަ ކުރިކައިވެނިތަކުގެ 50 އިންސައްތައެވެ. ވަރިކުރި އަދަދުގެ ނިސްބަތަށް ބަލާ ނަމަ ދުވާލެއްގެ މައްޗަށް ތިން ވަރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް