ބޮލީވުޑްގެ މަޝްހޫރު ތަަރި ޝިލްޕާ ޝެޓީ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރާ ފަންނާނެއް ކަން އެންމެންނަށް ވެސް އެނގޭނެއެވެ.
އުމުރުން 46 އަހަރުގެ ޝިލްޕާ އަކީ ޔޯގާ ޕްރެކްޓިޝަނަރއެއްގެ ގޮތުގައި މަސައްކަތްކުރާ ގަވައިދުން ޖިމަށްދާ ތަރިއެކެވެ.
ދާދިފަހުން ޝިލްޕާ އޭނާގެ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯއެއްގައި ވަނީ ގޭގެ ބެކްޔާޑުގައި ހައްދާފައިވާ ކާމަރަނގަ ގަހަކުން މޭވާ ބިންނަ މަންޒަރު ހިއްސާކޮށްފައެވެ.
މިވީޑިއޯ އިން ފެންނަ ގޮތުގައި ޝިލްޕާ ވަރަށް ޝައުގުވެރިކަމާއި އެކު އުފަލުން ގަހުގެ އެކި ކުރި ތަކުގައި ހުރި ކާމަރަނގަ ބިންނަމުން ދެއެވެ.
މީގެ އިތުރުން ޝިލްޕާ ވަނީ މި މޭވާ ކެއުމުން ލިބޭ ބައެއް ފައިދާ ތައް ވެސް ކިޔާދީފައެވެ. މިއި ވިޓަމިން ސީ އިން މުއްސަނދި ވެފައިވާ މޭވާ އެއް ކަން ހާމަކޮށް ޝިލްޕާ ބުނީ ކާމަރަނގަ އަކީ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ މޭވާ އެއް ކަމުގައެވެ.
ޝިލްޕާ ވަނީ އަމިއްލަ އަތުން ގަސް ހައްދާ ގަސްބޮޑުވެ، މޭވާ އަޅައިގެން ބިންނައިރު އެކުރެވޭ އިހްސާސަކީ ތަފާތު އުފާވެރި އިހްސާސެއްކަން އާންމުންނާއި ހިއްސާކޮށްފައެވެ.
ޝިލްޕާ ޝެޓީ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާގެ ކައިވެންޏަށް މިހާރު 12 އަހަރު ވަނީ ފުރިފަ އެވެ. އަދި މި ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވެއެވެ. ދޮށީ ދަރިފުޅު ވިއާން އަކީ ޝިލްޕާ ވިހޭ ކުއްޖެކެވެ. ހަގު އަންހެން ދަރިފުޅަކީ ސަރަގޭޓް މަދާއެއްގެ ޒަރިއްޔާއިން ހޯދި ކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް