ހިޔާ ފްލެޓްތަކަށް ސެކިއުރިޓީ އަދި ސާފުކޮށްދިނުމުގެ ހިދުމަތް ރަސް،މީކޮށް ފަށައިފި

ހުޅުމާލެ ހިޔާފުލެޓްތަކަށް ސެކިއުރިޓީ އަދި ފުލެޓްތަށް ސާފުކޮށްދިނުމުގެ ހިދުމަތް ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލު ކޮށްގެން ފަށައިފިއެވެ. އެގޮތުން ސެކިއުރިޓީގެ ހިދުމަތް ފެށުމަށް ހވާލުކޮށަފައިވަނީ ވަ...

02 Feb 2022 | 04:31

ހުޅުމާލެ ހިޔާފުލެޓްތަކަށް ސެކިއުރިޓީ އަދި ފުލެޓްތަށް ސާފުކޮށްދިނުމުގެ ހިދުމަތް ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލު ކޮށްގެން ފަށައިފިއެވެ.

އެގޮތުން ސެކިއުރިޓީގެ ހިދުމަތް ފެށުމަށް ހވާލުކޮށަފައިވަނީ ވަށި ޕްރަވެޓް ލިމިޓެޑާއެވެ. އެޗްޑީސީން ބުނީ ހިޔާ ފުލެޓްތަކުގެ ތިރިއާއި ޕާކް ސަރަހައްދާއި ސީސީޓިވީ އަބަދުވެސް ސެކިއުރިޓީ ޓީމުން އަބަދުވެސް ބަލަމުން ދާނެކަމަށެވެ. އަދި ސެކިއުރިޓީ ޗެކުކުރުމުގައި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ އެޗްޑީސީގެ މެނޭޖްމަންޓަށް އެކަން ރިޕޯޓް ކުރެވެނޭކަމަށް އެޗްޑީސީން ބުނެއެވެ.

ފުލެޓުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޓަވަރުތަށް ވަކިވަކިން ހިމެނޭހެން ހަތަރު ކުންފުންޏަކާއެވެ. އެއީ، އެލްއެމް އެންޓަޕްރަސިސް، ޕާލމް ގްލޯވް، ކޭއެސްއޭ މޯލްޑިވްސް އަދި ލެރޯ އިންވެސްޓްމެންޓާއެވެ. ފުލެޓްތަށް ސާފުކުރާނެ ކަމަށް އެޗްޑީސީން ބުނީ ކޮންމެދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 12:00 އަށްކަމަށެވެ.

ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ

ވަށި ޕްރައިވެޓް ލިމިޓެޑް

ސާފުކުރުން ހަވާލުކޮށްފައިވަނީ

އެޗް1، އެޗް2، އެޗް3، އެޗް4 – އެލްއެމް އެންޓަޕްރައިސް

އެޗް5، އެޗް6، އެޗް7، އެޗް8 – ޕާމް ގްލޯ

އެޗް9، އެޗް10، އެޗް11، އެޗް12 – ކޭއެސްއޭ މޯލްޑިވްސް

އެޗް13، އެޗް14، އެޗް15، އެޗް16 – ލިރޯ އިންވެސްޓްމަންޓް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް