މަޖިލީހުން ހަދާ ގާނޫނުން ވެރިކަން ބޭނުމިއްޔާ އެހެން ގާނޫނުތަކަށްވެސް ޖެހޭނީ ބޯ ލަނބަންކަމުގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ މިއަދު ކޮށްފައިވާ ޓްވީޓްތަކެއްގައެވެ.
އެގޮތުން ފުރަތަމަ ޓްވީޓްގައި މޫސަ ވިދާޅުވެފައިވަނީ ނޮވެމްބަރު ތިނެއްގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖެ އައިސް އެއް އަހަރު ދުވަހު އާއްމުކޮށް މަގުތައްމަތީގައި އުޅުނު ކަމަށެވެ. އަދި ސުނާމީއަށްފަހުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އުޅުނުކަމަށެވެ.
"ރ. ނަޝީދު، ރ. ވަހީދު، ރ. ާމީން، އަދި މިހާރުވެސް އެބަ ތިއްބެވެ؟ މީގެން ކޮންމެ ފަހަރުަކު މަޖިލީހުން ރުހުން ހޯދައިގެންތޯ ގެނައީ؟" މޫސަ ސުވާލު އުފައްދާފައިވެއެވެ.
މޫސަ ވިދާޅުވެފައިވަނީ ބޭރުގައުމުތަކުގެ ސިފައިންނާއިއެކު ދިވެހި ސިފައިން ތަމްރީނުވުމާއި، ބައިނަލްއަގްވާމީ އަސްކަރީ ގުޅުންތަކުގައި ރާއްޖެ ބައިވެރިވާ، ވާންޖެހޭ އެންމެހާ ކަންކަމުގާ ރާއްޖޭގެ ސިފައިން ބައިވެރިވުމާ ބޭރު ސިފައިން ރާއްޖެ އައުމާ މިކަންކަން ކުރާނީ ކޮމާންޑަރ އިން ޗީފް، ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދީގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި މަޖިލީހުގެ ރުހުމާ ހާސް ބޮޑުވީމަ ކުއްލިނުރައްކާ އިއުލާނު ނުކޮށް މަޖިލީހަށް ބަރޯސާނުވެ މިފަހަކަށް އައިސް ވެރިކަންކުރި ރައީސަކު ދިވެހިން ނުދެކޭނެ؟ ތޯ ސުވާލު އުފައްދަމުން މޫސަ ވިދާޅުވެފައިވަނީ އެހެން ގާނޫނުތަކަށްވެސް ޖެހޭނީ ބޯލަނބަން ކަމަށެވެ.
https://twitter.com/ReekoMoosa/status/1488718071628181505
ބެލެވޭގޮތުގައި މޫސަގެ މި ވާހަކަތަކުގައި އިޝާރާތްކޮށްފައި އެވަނީ އިންޑިއާ އައުޓް މޫވްމަންޓް ހުއްޓުވުމަށް ވުޖޫދުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ގާނޫނަށް އިޝާރާތްކޮށެވެ. އެ ގާނޫނު ހެދިޔަސް އިންޑިއާ އައުޓް މޫވްމަންޓް ނުހުއްޓާނެކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް