ޖަމީލާއި މަޝްވަރާ ކުރުމަށް އުމަރު ލަންޑަނަށް ވަޑައިގެންނަވަނީ

މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި ބައްދަލު ކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސިވިލާތަށް ވަޑައިގެންނަވަން ނިންމައިފި އެވެ. އުމަރުު ކުރެއްވި ޓުވ...

02 Feb 2017 | 18:40

މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި ބައްދަލު ކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސިވިލާތަށް ވަޑައިގެންނަވަން ނިންމައިފި އެވެ.

އުމަރުު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑރ ޖަމީލާއި ބައްދަލުކުރައްވަން އިނގިރޭސިވިލާތައް ވަޑައިގެންނަވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. އަދި އެ ދަތުރު ކުރައްވާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކަމަށް ވިދާޅުވި އެވެ.

އުމަރުގެ ދަތުރުފުޅުގައި އެގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އަބްދުﷲ އަމީނާއި ބައްދަލު ކުރައްވާނެ އެވެ.  އެކަމަކު އުމަރު ވިދާޅުވީ މި ދަތުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަު ކުރައްވަން ހަމަޖެހިފައި ނުވާ ކަމަށެވެ.

އުމަރު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައި އެވެ. އަދި އޭނާ ގެންދަވަނީ ސިޔާސީ ލީޑަރުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލު ކުރައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް