އެންޓީ ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީއަށް ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓު ނުލިބުމުން ހައުސިންގ މިނިސްޓްރީ އާއި ދެކޮޅަށް ދައުވާކޮށްފި އެވެ.
ސިވިލް ކޯޓުން ވަނީ މި މައްސަލަ ބަލައިގަނެފައި އެވެ. މައްސަލަ ޝަރީއަތާއި ހަމައަށް ދާނީ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މަޝްވަރާ ކުރުމަށް ފަހު މައްސަލަ ހައްލު ނުވެއްޖެ ނަމަ އެވެ.
ލުތުފީއަށް ފްލެޓު ނުލިބުނީ އޭނާގެ އަނބިކަނބަލުންގެ ނަމުގައި ގޯއްޗެއް މާލޭގައި އޮތުމުންނެވެ. މި މައްސަލަ އޭސީސީން ބެލުމަށް ފަހު މީގެ ކުރިން ނިންމާފައިވަނީ ލުތުފީ ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ. އެކަމަކު އޭސީސީން ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުން އެހެން ލިސްޓެއް ކަނޑައަޅާފައި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން އޭރު ހައުސިން މިނިސްޓްރީން ނިންމީ އޭސީސީން ކަނޑައެޅި ލިސްޓަށް ނުބަލައި، އެ މިނިސްޓްރީން ކަނޑައަޅާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމަށެވެ.
ލުތުފީ ވެށިފަހި މާލެއިން ފްލެޓު ނުލިބިގެން އުޅުއްވާއިރު ރެހެންދި ފްލެޓުންވެސް ލުތުފީއަށް ވަނީ ފްލެޓު ލިބިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް