އުރީދޫ ބިޒްނަސް ކަސްޓަމަރުންނާއި ކަމާގުޅޭ ތަޖުރިބާކާރުން ގުޅުވާދޭ ވަސީލަތެއް ކަމުގައިވާ އުރީދޫ އެންޓަޕްރައިސް ސަޕޯޓް ސެންޓަރ މިއަދު ތަޢާރަފް ކޮށްފިއެވެ.
އެޗްޑީސީ ހެޑް އޮފީހުގައި، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސް ގެ ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ޙުސެއިން ނިޔާޒް ވިދާޅުވީ މިއަދު ތަޢާރަފް ކުރެވުނު އެންޓަޕްރައިސް ސަޕޯޓް ސެންޓަރަކީ 24 ގަޑީރުގެ ޚިދްމަތް ދެވޭނެ ސެންޓަރެއް ކަމަށާއި މިސެންޓަރުގައި ތިބޭނީ އުރީދޫގެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ.
މި އާ ސަޕޯޓް ސެންޓަރުން އުރީދޫ ބިޒްނަސްގެ ޚިދްމަތްތަށް ބަލަހައްޓައިދީ، ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވާ ވިޔަފާރިތަކަށް ބޭނުންވާ އަވަސް އެހީ ފޯރުކޮށްދޭނެ ކަމަށް އުރީދޫ އިންވަނީ މަޢުލޫމާތު ދީފައެވެ.
އުރީދޫގެ އެންޓާޕްރައިސް ސަޕޯޓް ސެންތަރ އިން، ތަޖުރިބާކާރު ޓެކްނިކަލް އިންޖިނިއަރުންނާއި ކަސްޓަމަރ ސަޕޯޓް ސްޓާފުންގެ އެހީގައި، ފޯނުން އަދި ރިމޯޓްކޮށްވެސް އަވަސް ޚިދްމަތް ފޯރު ކޮށްެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"ހަމައެއާއިއެކު ސައިޓަށް ޒިޔާރަތް ކޮށްގެން ހައްލު ކުރެވޭ މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، ފީލްޑުގައި މަސައްކަތް ކުރާ މުވައްޒަފުން މެދުވެރިކޮށް ބޭނުންވެފައިވާ ޚިދުމަތް ފޯރުކޮށްދެވޭނެ" ކަމަށް ވެސް އުރީދޫގެ އެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް