މިހާތަނަށް އެންމެ ގިނައިން ޓެކްސް ދެއްކީ މިދިޔަ މަހު، ރެކޯޑު އަދަދަކަށް ފައިދާވެފައިވޭ

މިދިޔަ މަހަކީ މިހާތަނަށް އެންމެ ގިނަ ފައިސާ ޓެކްސްގެ ގޮތުގައި ލިބުނު މަސް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ. މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހު ...

02 Feb 2017 | 06:36

މިދިޔަ މަހަކީ މިހާތަނަށް އެންމެ ގިނަ ފައިސާ ޓެކްސްގެ ގޮތުގައި ލިބުނު މަސް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 2.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. އެއީ މަހެއްގެ ތެރޭގައި ލިބުނު އެންމެ ގިނަ ފަހަރު ކަމަށާއި އެހެންވީ ގިނަ ޓެކްސްތަކެއްގެ ސުންގަޑި މިދިޔަ މަހު ހަމަވުމުން ކަމަށެވެ.

ސުންގަޑި އަށް ޓެކްސްގެ ބަޔާންތައް ހުށަހަޅައި ފައިސާ ދައްކަން ފަސޭހަކޮށްދިނުމަށް މީރާ އިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރީގެ ބާ ޖަމާލުއްދީން ސްކޫލުގައި ވަގުތީ ކައުންޓަރުތަކެއް ގާއިމްކޮށްގެން ހިދުމަތް ދީފައި އެވެ. މީރާ އިން ބުނީ އެ އިދާރާގެ މައި އޮފީހާއި އެ ކައުންޓަރުތައް މެދުވެރިކޮށް، މިދިޔަ މަހުގެ ތެރޭގައި 28،000 އަށް ވުރެ ގިނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށް ދީފައިވާ ކަމަށެވެ.

މިދިޔަ މަހު ސުންގަޑި ހަމަވި ޓެކްސްތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ޓެކްސް އާއި މިދިޔަ މަހުގެ ޖީއެސްޓީ އަދި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ މިދިޔަ އަހަރުގެ ދެވަނަ އިންޓަރިމް ޕޭމަންޓް ހިމެނެ އެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާއިރު ސަރުކާރުން ގެންްދަނީ ބައެއް ޓެކްސްތައްވެސް އިތުރުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް