ހިލަ ބަރުކޮށްގެންދިޔަ ބާޖެއް ރ. އިނގުރައިދޫ ފަރަށް އަރައިފި އެވެ.
އެ ރަށު ކައުންސިލުން މައުލޫމާތުދޭގޮތުގައި މިކަން ހިނގީ ރޭ ދަންވަރެވެ. ހާދިސާ ހިންގަން މެދުވެރިވީ އެ ސަރަހައްދުގައި އޮއި ބާރުވުމުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެ ހިލަ އަކީ އެ ރަށު ބަނދަރުގެ ބޭރު ތޮށި ލުމަށް ގެންދިޔަ ހިލަ އެވެ.
ފަރަށް އެރި ބާޖުގައި ހުރި ހިލަތަށް ހުސްކޮށް ބާޖު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުންދާ ކަމަށް އިނގުރައިދޫ ކައުންސިލުން ބުނެ އެވެ. އެ ރަށު ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް