އާންމުކޮށް އަހަރުމެންގެ ތެރޭގައި މުރާކި ކައި އުޅެނީ ކުޑަކުދިންނެވެ. އެވެސް މަޖަލަކަށެވެ.
އެކަމަކު އިންޑިއާގެ ހެލްތް އެންޑް ބިއުޓީ ޑޮކްޓަރުން ބުނަނީ މުރާކި ކެއުމުން ސިއްހަތަށް އެއްތައް ފައިދާތަކެއް ކޮށް، ޒުވާންކަންމަތީ ދެމިހުންނަށް އެހީވެދޭ ކަމަށެވެ.
މުރާކި ކެއުމުން ވަރުބަލި ކަމާއި ބޭކާރު ވިސްނުންތައް އެއްފަރާތް ކޮށްލަ ދެ އެވެ. ހަށިގަނޑުގައި ވަރުބަލިވެފައި ހުންނަ ހޯމޯންސްތައް ވަރުގަދަކޮށްދީ ސިކުނޑިއާއި މުޅި ހަށިގަނޑުގައި ހުންނަ ވަރުބަލިކަން ފިލައި ދެ އެވެ.
ހަށިގަނޑުގައި އުފެދޭ ފާރު ގަނޑެއް ރަނގަޅުވުމުން އުފެދޭ ވަޅުގަނޑެއް ނުވަތަ ދުޅަވާ ތަންތަނުގައި ތާޒާ މުރާކި ފަތް އުނގުޅުމުން އެތަނެއް ރަނގަޅާނެ އެވެ. ނައްޓާފައި ހުންނަ ހުޅު ގުޅުވުމަށްވެސް ތާޒާ މުރާކި ފަތް ރަނގަޅުކަމަށް ބުނެފައިވެ އެވެ.
މުރާކި ގަހުގެ ގަސްގަނޑަކީ އާންމުކޮށް ކައްކައިގެންނާއި އެނޫންވެސް ގޮތްގޮތަށް ކާއެއްޗެކެވެ. އޭގެ ސަބަބުން ފުރަގަސް ފަރާތައް ޖެހޭ ބަލިތަކާއި ކެންސަރު ބަލި ޖެހުމާއި ޓިއުމަރު އުފެދުމުން ދުރުކޮށްދެ އެވެ. އާންމުކޮށް ކެންސަރު ޖެހެނީ ފުރަގަސްފަރާތާއި ބަނޑާއި ދެމެދު އިންނަ އިފެކްޝަންތަކަކާއި ބަލި ޖެއްސުން ދުރުކޮށްދޭ އިމިއުނިޓީ ސިސްޓަމް ބަލިކަށިވުމުންނެވެ. މުރާކި ގަސްގަނޑު ކެއުމުގައި ބޭނުން ކުރުމުން އެ ސިސްޓަމް ވަރުގަދަކޮށްދެ އެވެ.
އާންމުކޮށް ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ މުރާކި މާ ގިނައިން ކެއުމަކީ އަމަލުވާ ކަމެއް ކަމަށެވެ. އެކަމަކު އޭގެ އަސްލު އެނގޭހެއްޔެވެ. މުރާކި ގިނައިން ކެއުމަކީ ވިސްނުންތަކާއި ދުރުކޮށް ހަމަ ނިދި ލިބުމަށް އެހީވެދޭ ފަރުވާއެކެވެ. އަދި މާމުޔާއި ކިރާ އެއްކޮށްގެން މުރާކި ކެއުމުން ނިދި ހަމަޖެހި ނިދިން ހޭލުމުގައި ދިމާވާ އުނދަގޫތައް ކުޑަކޮށްދެ އެވެ.
ދެން އޮތީ މުރާކީގެ ސަބަބުން ހަންގަނޑަށް ކުރާ ފައިދާއެވެ. ހުސް މުރާކި ކެއުމުންވެސް ހަންގަނޑަށް ލިބެންޖެހޭ ޕްރޮޓީން އާއި ގުދުރަތީ ވަރުގަދަ ކަމާއި އޮމާންކަން ލިބެ އެވެ. ހިއްކާފައި ހުންނަ އިނގުރާ ލުބޯ، މުރާކި އާއި އެއްކޮށްގެން ބޭނުންކުރުމުން ހަންގަނޑު ކުރަކިވުން ކުޑަކޮށްދީ، އޮމާންކަން މަތީ ހުރުމުގެ އިތުރުން ހަންގަނޑު ޒުވާންކަންމަތީ ދެމި ހުރުމަށް އެހީވެ ދެއެވެ.
އިސްތަށި ފޭބުން ހުއްޓުވުމަށް މުރާކި މުހިންމު ދައުރެއް އަދާކުރެ އެވެ. އާންމުކޮށް ހުރިހާ ޝޭމްޕޫއެއް ތައްޔާރުކޮށްފައި ހުންނަނީ މުރާކި ބޭނުންކޮށްގެން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް