ދެ ދައްތައަށް ވަޅިން ހަމަލަދޭން އުޅުނު ޒުވާނަކު ލަންދޫން ހައްޔަރުކޮށްފި

ދެ ދައްތައަށް ވަޅިން ހަމަލަދޭން އުޅުނު މީހަކު ނ.ލަންދޫން މިއަދު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އެރަށު ކައުންސިލަރަކު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ދެ...

02 Feb 2015 | 16:32

ދެ ދައްތައަށް ވަޅިން ހަމަލަދޭން އުޅުނު މީހަކު ނ.ލަންދޫން މިއަދު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެރަށު ކައުންސިލަރަކު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ދެ ދައްތައަށް ވަޅިން ހަމަލަދޭން މަސައްކަތްކުރީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރަށުތެރޭގައި އަޑު އަރާފައި އޮންނަ ޒުވާނެއް ކަމަށެވެ.

"އޭނަ ބޭނުންވަނީ އަބަދު ގޭގެ ދޮރު ލައްޕާ އަނދިރިކޮށް ގޭތެރެ ބާއްވަން، ދައްތައަކު ދޮރު ހުޅުވީމަ ފުރަތަމަ އެ ދައްތަގެ ބޮލުގައި ގޮނޑިއަކުން ޖެހީ ދެން ސަލާމަތްވާން ދުއްވައިގަތީމަ އިސްތަށިގަނޑު ހިފާފަ ވަޅިއެއް ނަގާފަ ބުނަނީ މަރާލާނަމޭ" ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލަރު އިތުރަށް ވިދާޅުވީ އެވަގުތު އެގޭގައި އުޅުނު އެ ޒުވާނާގެ އެހެން ދައްތައަކު ވަޅި އަތުލަން މަސައްކަތްކުރި ކަމަށާއި އަދި ވަޅި އަތުލަން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ އަތުގެ ދެތަނެއް ޒަހަމްވި ކަމަށެވެ. އަދި އެ ޒުވާނާ ފުލުހުންނާ ހަވާލުކުރީ އަވަށްޓެރިންގެ ބަޔަކު އެގެއަށްގޮސް އެ ޒުވާނާގެ އަތުން ވަޅި އަތުލުމަށްފަހުގައި ކަމަށްވެސް ކައުންސިލަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް