އިހިނެގުމުގެ މަސައްކަތްކުރާ ދޯންޏެއް ފަސް މީހުންނާއެކު ގެއްލިގެން ހޯދަނީ

ފީނާ އިހިނެގުމުގެ މަސައްކަތް ކުރާ ރ.މާކުރަތު "ފެހުރިހި" ނަމަކަށް ކިޔާ  ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ މި ދޯ...

02 Feb 2015 | 16:11

ފީނާ އިހިނެގުމުގެ މަސައްކަތް ކުރާ ރ.މާކުރަތު "ފެހުރިހި" ނަމަކަށް ކިޔާ  ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަން ކޯސްޓްގާޑަށް އަންގާފައިވަނީ މިއަދު  ގާތްގަނޑަކަށް 14:00 ހާއިރު ދޯނި ފަޅުވެރިއެއްގެ ޢާއިލާ ގެ މެންބަރެއް ކަމަށެވެ. މި ދޯނީގެ ޙަބަރެއް އެންމެ ފަހުންވެފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އޭރު ދޯނިއޮތީ ހދ.މަކުނުދޫ ކައިރީ އޮތް ފަރެއްގައި ކަމަށް މަޢުލޫމާތު ލިބޭ ކަމަށާއި އަދި ދޯނީގައި ތިބީ ފަސް ފިރިހެނުންކަމަށްވެސް އާއިލާގެފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ޚަބަރެއް ނުވެގެން ހޯދަމުންދާ "ފެހުރިހި"  ދޯންޏަކީ ދިގުމިނުގައި ގާތްގަނޑަކަށް 60 ފޫޓު ހުރި ދޯންޏެއްކަމަށާއި ދޯނީގެ އޮޑިގަނޑުގައި ލާފައިވަނީ ނޫކުލަކަމަށާއި އަދި ގެގަނޑުގައި ލާފައި ވަނީ ހުދުކުލަކަމަށްވެސް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް